މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުގެ ލެބޯޓްރީގެ ހިދުމަތްތައް އިތުރަށް ފުޅާކޮށްފި އެވެ.
ޓީޓީއެޗް ކްލިނިކްއަކީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ގޮތްޕެކެވެ.
އެ ހޮސްޕިޓަލުން ބުނިގޮތުގައި މި ކްލިނިކުން މައި ހޮސްޕިޓަލުން ލިބޭ ހުރިހާ ލެބޯޓްރީގެ ޚިދުމަތެއް މިހާރު ލިބޭނެ އެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ ޚިދުމަތްތަކަށް މިދިޔަ އަހަރުތަކުގައި ވަރަށް ބޮޑު ތަރުހީބެއް ލިބި، ގިނަ ބަޔަކު އެ ޚިދުމަތްތައް މިހާރު ވެސް ހޯދަމުން އަންނަ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ.
ޓީޓީއެޗް ކްލިނިކުން ފޯރުކޮށްދޭ ލެބޯޓްރީ ޚިދުމަތްތައް:
- ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހުރިހާ ލެބޯޓްރީ ޓެސްޓެއްގެ ސާމްޕަލް ނެގުން އޭގެ ތެރޭގައި:
- ހެމަޓޮލޮޖީ، ހެމޮސްޓޭސިސް އެންޑް ކޯއެގްޔުލޭޝަން، ކްލިނިކަލް ކެމިސްޓްރީ އަދި އެތައް ކަމެއް ހިމެނޭ
- ރިފަރަލް ލެބޯޓްރީގެ ހިދުމަތް- 300 އަށްވުރެ ގިނަ ޚާއްސަ ޓެސްޓް ހުށަހެޅުން.
ޓީޓީއެޗް ކްލިނިކަކީ މެހެމާނުންނަށް ފަސޭހަކަމާއެކު އަވަސްކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވިފައިވާ ތަނެކެވެ. އެގޮތުން މި ކްލިނިކް ހުޅުވިފައި ވަނީ މއ. ޗަމްޕާ ވިލާގަ އެވެ.
ޓީޓީއެޗް ކްލިނިކް ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 ނިޔަލަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.