ކުލަގަދަ ހަފްލާއެއްގައި ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޯޕްރާއާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާއްމު އާދްމީ ޕާޓީގެ ލީޑަރު ރާގަވް ޗައްދާ އެންގޭޖް ވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް އެ ހަފްލާގެ ފޮޓޯތައް އިންޓަނެޓުގައި ދައުރުވަމުން އަންނައިރު ފިލްމީ ދާއިރާގެ ފަރާތްތަކާއި ގިނަ އާއްމުން ވެސް އަންނަނީ އެ ދެމީހުންނަށް މަރުހަބާ ކިޔަމުންނެވެ.
ވެރިރަށް ދިއްލީގައި އޮތް އެ ހަފްލާގައި ފިލްމީ ދާއިރާގެ ފާހަގަކޮށްލެވޭ ފަރާތްތަކާއި އިންޑިއާގެ ސިޔާސީ މައިދާނުން ފާހަގަ ކޮށްލެވޭ ބައެއް މޫނުތައް ވެސް ފެނިފައިވެ އެވެ.
އެގޮތުން ޕަރިނީތީގެ އެންގޭޖްމަންޓަށް އޭނާގެ ދެބެންގެ ދެދަރި ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ އިންޑިއާއަށް އައިސްފަ އެވެ. ހަފްލާގެ ފޮޓޯތަކުން އޭނާވެސް ފެނެ އެވެ.
ޕަރިނީތީއާއި ރާގަވްގެ ގުޅުމުގެ ވާހަކަ އިންޑިއާގެ މީޑިއާގައި ދެކެވެމުން އަންނަތާ ދުވަސްތަކެއް ވެފައިވީ ނަމަވެސް މީގެ ކުރިން އެކަމުގެ ޔަގީންކަން އެއްވެސް ފަރާތަކުން ދީފައެއް ނުވެ އެވެ.

ހިތަދޫން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް: ފުލުހުން
ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ނުވަ ކުރޫޒް ލައިނާއަކުން 15،000 ފަތުރުވެރިން އަތުވެއްޖެ