ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ.
ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓީކެޓު ހަވާލުކުރީ އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގަ އެވެ. އެޕާޓީގެ ރިޔާސީ ޓިކެޓް ނާޒިމަށް ހަވާލުކުރުމުގެ އިތުރުން އެ ޕާޓީގެ ކެމްޕެއިން ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ނާޒިމް އެކަންޏެވެ.
އެމްއެންޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ ޕްރައިމަރީއެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް ރިޔާސީ ޓިކެޓް ދިނީ ޕްރައިމަރީއަކާ ނުލަ އެވެ.
މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ދަ ޑިމޮކްރެޓްސް އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.