ދަ ރަޖިސްޓަރީ ކުރުމަށް އިލްކެޝަންސް ކޮމިޝނަށް ހުށަހެޅި 3،560 މެމްބަރުންގެ ލިސްޓު އާންމުވި މައްސަލައެއް ފެންމަތިވެ އެމައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހަށް ހުށައަޅައިފި އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމަށް 3،560 މެމްބަރުންގެ ފޯމާއެކު ހުށަހެޅީ މިދިޔަ ބުރާސްފަތު ދުވަހު އެވެ.

ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ޑިމޮކްރެޓްސް ރަޖިސްޓަރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މެމްބަރުންގެ ލިސްޓު އާންމުވެފައިވާ ކަމެއް ކަމަށާއި، އެއީ އިލެކްޝަންސް ކޮމިޝަންގެ ތެރެއިން ބޭރުވި ލިސްޓެއްކަން ޔަގީން ކުރެވޭ ކަމަށެވެ. އަދި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ޕާޓީ އެއްގަިއ ހިމެނޭ މެމްބަރުންގެ ލިސްޓު އާންމު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގައި ވަކި އުސޫލުތަކެއް އޮންނަ ކަމަށެވެ. އެހެން ނަމަވެސް އެ އުސޫލުތަކުގެ ބޭރުން ވަކި ބައެއްގެ އަތުގައި އެލިސްޓު މިހާރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެލިސްޓު އާންމުވުމާ އެކު ސަރުކާރުގެ އޮފިޝަލުން އެލިސްތުގައި ތިބި މީހުންނަށް ގުޅާ ބިރުދައްކަމުންދާ ކަމަށެވެ.

ސަރުކާރު ވަޒީފާ ތަކުގަޔާއި ކުންފުނިތަކުގެ ވަޒީފާގައި ތިބި މެމްބަރުންނަށް ވެސް ގުޅާ ބިރުދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ އެކަން ހިނގި ކިހިނެއްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހަށްވެސް ހުށަހަޅަފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް 3560 ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް ރައީސް ނަޝީދަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރާ މީހުން ސަރުކާރުން ވަކިކުރަން ވަނީ ފަށައިފަ އެވެ.