ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައި މިވަނީ މަޖިލީހުގެ ރައީސް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ބުނެފި އެވެ.

އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިސްވެ ހުށަހަޅާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް މިވަގުތު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އެޅުވި މައްސަލާގައި ރައްޔިތުންގެ މަޖިލިސް އޮތީ ހުއްޓުމަކަށ އައިސްފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެއްވެސް ކޮމެޓީއެއްގެ މަސައްކަތްތަކެއް. ވެސް ކުރިއަކަށް ނުދެ އެވެ. މަޖިލިސް އެއްކޮށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

މަޖިލީހުގެ ކޮމެޓީތައް ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީ އިން ވަނީ މަޖިލީހުގެ އަމީންއާންމަށް ސިޓީއެއް ފޮނުވާފަ އެވެ.

އެމްޑީޕީ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް ގެނެސް މަޖިލީހަށް ހުށަހެޅިފަ ހުރި މުހިންމު މަސައްކަތްތައް ކުރިއަށް ނުގޮސް މިވަނީ މަޖިލީހުގެ ރިޔާސަތުން ބޭނުންވެގެން ކަމަށެވެ.

ޝަފީގު ވިދާޅުވީ މަޖިލީހުގެ މައިގަނޑޫ މަސައްކަތްތައް ހިނގަނީ ކޮމެޓީތަކުގައި ކަމަށާ މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮމެޓީތައް ހުއްޓުމަކަށް ނާންނަކަމަށް ޝަފީގު ވިދާޅުވި އެވެ.

ކޮމެޓީތައް ހުއްޓިފައިވަނީ އެބޭފުޅުންގެ ސަބަބުން ކަމަށާ ބަހަނާ އަކަށް އެބޭފުޅުން ދައްކަވަނީ އާންމު ކޮމެޓީތައް ހުއްޓިފައިވާތީ ކަން ކަމަށް ޝަފީގު ވިދާޅުވި އެވެ.

"މިމައްސަލަ ފެށިގެން އައީ ބަންޑަރަ ނައިބުގެ މައްސަލަޢައި ހިސާބުން އެމައްސަލަ ކުރިއަށް ދަނިކޮށް އިމްތިއާޒުގެ މައްސަލައެއް މަޖިލީހާސް ހުށަހެޅުގެން ދިޔައީ އެމްޑީޕީން މައިނޯރިޓީއަކަށް ފުރުސަތެއް ނުދޭ އެމްޑީޕީން ބޭނުންވާ ގޮަތަކަށޭ ކަންތައް ކުރަނީ އެބޭފުޅުން އެބަބުނޭ އެކަމަކުވެސް ބަންޑަރަނައިބުގެ މައްސަލަ ދެ ދުވަހަށް ދިގު ދަންމާލި އިރުވެސް އެމްޑިޕީން އޮތީ ފުރުސަތު ދީފަ" ޝަފީގު ވިދާޅުވި އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޝަފީގު އިތުރަށް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް އާއި ރައީސްގެ އިތުބަރު ނެތްކަމުގެ ހުށަހަޅާފައިވަނިކޮށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެވަޑައިގަންނަވާ ކަމަށް ވިދާޅުވުމަކީ ރައީސް ނަޝީދުގެ އަމިއްލަ ނިންމެވުމެއް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސަތުގައި ނަޝީދަށް ނީންދެވޭނެ އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށްވެސް ޝަފީގު ވިދާޅުވި އެވެ.