އަހަންނަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އެކްޓަރު އަރުޝަދު ވަރްސީ ބުނެފި އެވެ.

މީޑިއާއަށް ދިން އިއްޓަވިއުއްގައި އަރުޝަދު ބުނެފައިވަނީ ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއް ކުރެވުނަސް އަދިވެސް އެދާއިރާގައި މަސައްކަތްކުރާ މީހެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

1996 އަހަރު "ތޭރޭ މެރޭ ސަޕްނޭ" އިން ބޮލީވުޑަށް ތައާރަފުވި އަރުޝަދު ގިނައިން ފެނިގެން ގޮސްފައިވަނީ ސަޕޯޓިން ރޯލުތަކުންނެވެ.

އަރުޝަދު ހާމަކުރާ ގޮތުގައި އޭނާ ކުޅެފައިވާ ފިލްމުގެ 90 އިންސައްތަ އަކީ ފްލޮޕް ވެފައިވާ ފިލްމު ތަކެއް ކަމަށާއި މި ދާއިރާގައި އޭނާއަށް ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ނުދާ ކަމަށެވެ.

ބޮލީވުޑްގެ ގިނަ ކޮމެޑީ ފިލްމު ތަކުން ފެނިފައިވާ އަރުޝަދު ހާމަކޮށްފައިވާ ގޮތުގައި އޭނާ އަދިވެސް އަންނަނީ މި ދާއިރާއިން ކުރިއަށް ދިއުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ އަސުރް ސީޒަން 2 އިންނެވެ.

"މުނާބައީ އެމްބީބީއެސް" އަކީ އަރުޝަދު ފެނިގެންދިޔަ އެންމެ މަޝްހޫރު ފިލުމެވެ.

ވެބް ސީރީޒް "އަސުރް ސީޒަން 2" ގައި އަރުޝަދު ފެނިގެންދާ ރޯލަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިގެންގޮސްފަ އެވެ.