ސިނަމާލެ ބްރިޖު ހައިވޭގައި ޖަހާފައިހުރި ސޯލާ ޕެނަލްތައް ވިއްސައިގެން ނުދާ ކަމަށާއި، ވިއްސައިގެން ދިޔައީ ހަރުނުކޮށް ހުރި ޕެނަލްތަކެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.
ހުޅުމާލެ ބްރިޖް ހައިވޭގައި ގާއިމުކޮށްފައިވާ ސްޓަރަކްޗާގެ މޫދާވީ ފަޅީގައި ސޯލާ ޕީވީ މޮޑިއުލްސްތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހަތަރު ޕެނަލެއް ވަނީ ވަޔާއެކު ވިއްސައިގެން މޫދަށް ގޮސްފަ އެވެ.
އެކަމާ ގުޅިގެން އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ މީގެ އެއްވެސް ޕެނަލަކީ ސްޓްރަކްޗާގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ޕެނަލްތަކެއް ނޫން ކަމަށެވެ.
"މި ކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. ޕެނަލްތަށް މިހާރުވަނީ މޫދުން ނަގާފައި،" މިނިސްޓްރީން ބުންޏެވެ.
މިހާތަނަށް ބެލިބެލުމުން އެކަމުގެ ސަބަބުން ސްޓްރަކްޗާ އަކަށް ގެއްލުމެއް ވެފައެއްނުވާ ކަމަށާއި ޑިޒައިން ފޯލްޓެއް ވެސް ފާހަގަ ކުރެވިފައި ނުވާ ކިަމަށެވެ. އަދި ހައިވޭގައި ދަތުރު ކުރުމަށް ނުރައްކަލެއްވާފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަކަށް މިހާތަނަށް ބެލި ބެލުމުން ފާހަގަ ކުރެވިފައިނެތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
 މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
			މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
		 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		
 
					 
					 
					 
					 
					 
					 
					 
					 
					 
					
ހަރުނުކޮށް ބަހައްޓާއިރު ބުރާންތިކަމުން ނޭގޭބާ ވިއްސާރަ މޫސުމުގައި ނިވަލެއް ނެތް ތަނެއްގަ އެފަދަ އެއްޗެތި ބެހެއްޓީމަ ބައެއްގެ ފުރާންއަށް ނުރާއްކާ ވެދާނެ ކަމެއް. ފުރަތަމަ ހިފާ ހައްޔަރުކުރަންވީ ތިޔަ ބެހެއްޓި ބައެއްނު.