ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ އެނިސްޓަން، ނުވަތަ އެންމެން ދަންނަ ގޮތުންނަމަ "ރޭޗަލް"ގެ އުމުރުން މިހާރު 54 އަހަރު ވެއްޖެ އެވެ. އުމުރު ދެބައި ވެފައި ވީނަމަވެސް އޭނާގެ އުމުރާ އަޅާބަލާއިރު ބުރުސޫރަ ޒުވާން ވެފައި ރީތިކަމަށް ގިނަ ބަޔަކު ބުނެ އެވެ. މިއީ ގިނަ ބަޔަކު އެނގެން ބޭނުންވާ އަދި އެކަން ބަލަންވެސް ބޭނުންވާ ސިއްރެކެވެ.

ރީތިވުމަށް ނުވަތަ ޒުވާންކަން ދެމެހެއްޓުމަށް ޖެނީފާ މާ ހާއްސަ ކަމެއް ނުކުރާ ކަމަށް އިންޓަވިއު އެއްގައި އޭނާ ބުނެފައިވެ އެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ބައެއް ކަންކަމަށް ފަރުވާތެރިވާ ކަމަށް އޭނާ ފާހަގަ ކުރި އެވެ.

އެގޮތުން ގަވާއިދުން ކަސްރަތުކުރުމާއި ހާއްސަ ޓްރީޓްމެންޓުތައް ނެގުމަކީ އޭނާ ހާއްސަ ސަމާލު ކަމެއް ދޭ ކަމެކެވެ. އެގޮތުން ހަންގަނޑާއި މޫނުގެ ޓްރީމެންޓުތައް ޖެނިފާ ގަވާއިދުން ހަދަ އެވެ.

"އިންސްޓައިލް" ނޫހަށް އަށް ދީފައިވާ އެ އިންޓަވިއުގައި ޖެނީފާ ބުނީ ގަވާއިދުން ކަސްރަތުކޮށް ޓްރީޓްމެންޓް ނަގާނަމަ ހަންގަނޑުގެ ދުޅަހެޔޮކަން އިތުރުވެ ޒުވާންކަން މަތީ ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މާ ގިނައިން މޭކަޕް ނުކުރުމަށްވެސް ޖެނިފާ ލަފާދެ އެވެ. އެގޮތުން މާ ގިނައިން މޭކަޕްގެ އުފެއްދުންތައް ބޭނުން ކުރުމުގެ ބަދަލުގައި ލުއި މޭކަޕެއް ކޮށްލުން މާ ރަނގަޅު ކަމަށް ޖެނީފާ ބުނެ އެވެ.

މީގެ އިތުރުން ސިއްހަތަށް ރަނގަޅު ޑައިޓަކީ ތިމާގެ ރީތިކަން ދެމެހެއްޓުމަށް މުހިއްމު އެއްޗެއްކަމަށް ބުނަމުން ޖެނިފާ ވަނީ އޭނާގެ ކެއުމުގައި ތަރުކާރީ އަދި ޕްރޮޓީން އެކުލެވޭ ކާނާ ގިނަކުރާ ކަމަށް ވެސް ބުނެފަ އެވެ. އެއާއެކު ފެން ބުއިން ގިނަ ކުރަން ވެސް ޖެނިފާ އިސްކަމެއްދެ އެވެ.

މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ދިރިއުޅުމުގައި ރަނގަޅު އާދަތައް ގެންގުޅޭ ނަމަ ޒުވާންކަން ގިނަ ދުވަހަށް ދެމި ހުންނާނެ ކަމަށް ޖެނިފާ ބުންޏެވެ.