ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ޕޯސްޓް ހައްޖު އަދި އުމްރާ ސްކްރީނިން ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ ޕޯސްޓް ހައްޖާއި އުމްރާ ހެލްތު ސްކްރީނިން ޕެކޭޖް ތައްޔާރުކޮށްފައި ވަނީ ހައްޖު އަދި އުމްރާއިން އެނބުރި އަންނަ ފަރާތްތަކުގެ ސިއްހަތު ރަނގަޅުތޯ ބެލުމަށް ކުރިއަށް ގެންދެވޭ ޓެސްޓްތައް ހިމެނޭ ގޮތަށް ކަމަށެވެ.

"ޕޯސްޓް މެޑިކަލް ޗެކަޕްގެ ބޭނުމަކީ ޙައްޖު ދަތުރުގައި ޖެހޭ އެއްވެސް ބައްޔެއް، ވައިރަހެއް، ނުވަތަ އެއްވެސް ބައްޔެއް ފެތުރުމުގެ ނުރައްކަލެއް ހުރިތޯ ބަލައި ޗެކްކޮށް އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް. ދަތުރުކުރުމަށްފަހު މެޑިކަލް އިވެލުއޭޝަނެއް ހޯދުމަކީ ތިމާގެ ސިއްހީ ހާލަތު ވަޒަންކުރުމަށާއި ލޯބިވާ މީހުންނަށް އެއްވެސް ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް،" އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ޖެހޭ ކަމަކީ، ހައްޖުކުރުމަށްފަހު ގިނަ އަދަދެއްގެ ފަރުދުންނަށް ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށް އެ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެ އެވެ. އެހެންކަމުން މިފަދަ ޗެކްއަޕްތަޢް ހެދުމަކީ ވަރަހް މުހިންމުު ކަމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.