ދުވަހަކު ވެސް ރިއަލިޓީ ޝޯއެއްގައި ބައިވެރި ނުވާނެ ކަމަށް ބޮލީވުޑްގެ އެކްޓަރު ސޫރަޖް ޕަންޗޯލީ ބުނެފި އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ބޮމްބޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ސޫރަޖް ބުނީ މިހާރު އޭނާ ބޭނުންވަނީ އޭނާގެ އެކްޓިން ކެރިއަރަށް ސަމާލުކަން ދޭން ކަމަށެވެ.

އެކްޓްރެސް ޖިއާ ޚާންގެ މަރުގެ މައްސަލާގައި ގާނޫނީ ކޯޓު މައްސަލަތަކަކުން ދާދި ފަހުން ސަލާމަތްވި ސޫރަޖްގެ ބޮލީވުޑް ކެރިއަރު ވަނީ އެ މައްސަލަތަކުގެ ސަބަބުން ހުއްޓުމަކަށް އައިސްފަ އެވެ.

2015 ވަނަ އަހަރު ނުކުތް ހީރޯ ފިލްމުން ބޮލީވުޑަށް ނުކުތް ސޫރަޖް ބޮލީވުޑް 15 އޯޓީޓީގައި ބައިވެރިވާނެ ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވެ އެވެ.

"ރިއަލިޓީ ޝޯތަކަކީ އަހަރެން އެހާ ކުރާ ހިތްވާ ކަމެއް ނޫން. ފުުރުސަތު ލިބުނަސް އެކަހަލަ ޝޯއެއްގައި ބައިވެރިއެއް ނުވާނަން" ސޫރަޖް ބުންޏެވެ.

ސޫރަޖް ބުނީ އޭނާއަށް މާޒީގައި ގިނަ ފުރުސަތުތަކެއް ގެއްލިފައިވާ ކަމަށާއި އެހެން ކަމުން މިހާރު އޭނާގެ މައިގަނޑު އަމާޒަކީ ރަނގަޅު ފިލްމުތަކެއް ކުޅުން ކަމަށެވެ.

ޖިއާ ޚާން މަރުވިއިރު އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުއަރާފައިވާ ސޫރަޖްގެ މައްޗަށް އެ މައްސަލާގައި ގިނަ ދައުވާތަކެއް އުފުލި ނަމަވެސް އެ ދައުވާތައް ސާބިތުނުވާ ކަމަށް ދާދި ފަހުން ވަނީ ހުކުމް އިއްވާފަ އެވެ.