ދެހާސް ބާރަ ވަނަ އަހަރު ނުކުތް ކަރަން ޖޯހަރުގެ ފިލްމު "ސުޓޫޑެންޓް އޮފް ދި އިޔާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ސިދާތު މަލްހޯތުރާއަކީ ސަޕޯޓަރުންގެ ބޮޑު މަގުބޫލްކަމެއް ހޯދާފައިވާ ތަރިއެކެވެ.

އޭނާއަކީ ޒުވާން ތަރިންގެ ތެރެއިން އެންމެ މުއްސަނދި އެއް ތަރިއަށް ވީއިރު އޭނާގެ މިލްކިއްޔާތުގައި މިހާރު ވެސް ފާހަގަ ކޮށްލެވޭ ބައެއް ތަކެތި ހުރެ އެވެ.

މާސޭޑީސް ބެންޒް

ސިދާތު 2014 ވަނަ އަހަ ރުގަތް އަގުހުރި ކާރުގެ އަގުން ވެސް ސަޕޯޓަރުން އަންތަރީވާވަރުވެ އެވެ. 66 ލައްކައިގެ މާސޭޑީސް ބެންޒް އެމްއެލް 359 4 މެޓިކްއަކީ އެކްޓަރުގެ ކާރު ކަލެކްޝަންގައި ހިމެނޭ މީހުންގެ ހިތްތައް ކަތިލާވަރު އެއްޗެކެވެ.

ރޭންޖް ރޯވާ ވޯގް

ސިދާތުގެ އަތުގައި އިންޑިއާގެ އެންމެ އަގުބޮޑު ކާރުތަކުގެ ލިސްޓުގައި ހިމެނޭ ރޭންޖް ރޯވާ ވޯގްގެ ކާރެއް ވެސް އޮވެ އެވެ. ސިދާތު މިކާރު ދުއްވާތަން ވަނީ ފުދޭވަކަށް ފެނިފަ އެވެ. މި ކާރަކީ 2.5 ކަރޯޑު (336،000 ޑޮލަރު)ގެ ކާރެކެވެ.

ހާލީ-ޑޭވިޑްސަން ޑައިނާ ފެޓް ބޮބް

ގިނަ ބޮލީވުޑްގެ ތަރިންގެ އިތުރުން ސިދާތުގެ އަތުގައި ވެސް ހާލީ-ޑޭވިޑްސަން ޑައިނާ ފެޓް ބޮބްއަކީ 1.7 މިލިއަން ރުޕީސްގެ އަގުހުރި ސައިކަލެކެވެ. ސިދާތުގެ އިތުރުން ސައިފް އަލީ ޚާން، ޝާހިދް ކަޕޫރް އަދި ސަންޖޭ ދަތްވެސް ހަމަ މި ބްރޭންޑުގެ ސައިކަލް ދުއްވަ އެވެ.