ހިންދީ ޓީވީ އިންޑަސްޓްރީގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވަޓްސަލް ސެތުއާއި އަންހެނުން އިޝިތާ ދައްތާ އެދެމަފިރިންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔައިފި އެވެ.

މިދިޔަ ބުދަ ދުވަހު އިޝިތާ ވިހާފައިވާއިރު އެ ދެމީހުންނަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރެ އެވެ.

އެ ނޫސްތަކުން އިތުރަށް ބުނެފައިވަނީ އިޝިތާގެ ދެމައިންގެ ސިއްހަތު ވެސް ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ގެއަށް ދޫކޮށްލެވޭނެ ކަމަށެވެ.

ހިންދީ ސީރީޒްއެއް ކަމަށްވާ "ރިޝްތޯން ކީ ސައުދާގަރް - ބާޒީގަރު"އިން ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ ވަޓްސަލްއާއި އިޝިތާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

މިއަހަރަކީ ޓެލީވުޑްގެ ގިނަ ޖޯޑުތަކަކަށް ދަރިން ލިބުނު އަހަރެކެވެ. އޭގެ ތެރޭގައި ދީޕިކާ ކައްކަރް- ޝުއައިބް އިބްރާހިމް، ގައުހަރް ޚާން - ޒައިދް ދަރްބާރް އަދި ސަނާ ޚާން - މުފްތީ އަނަސް ހިމެނެ އެވެ.

ނާގިން 6 އަދި އެކް ހަސީނާ ފަދަ ސީރީޒް ތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ވަޓްސަލް ވަނީ ބޮލީވުޑްގެ ބައެއް ފިލްމު ތަކުން ވެސް ފެނިގެން ގޮސްފަ އެވެ.