ސަނީ ލިއޯންއަކީ ބޮލީވުޑްގެ އައިޓަމް ނަމްބަރުތަކުންލިއޯ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ތަރި އެކެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޝްހޫރު ނަމެކެވެ.
އެހެން ނަމަވެސް ސަނީ ލިއޯންއަކީ މި އެކްޓަރުގެ އަސްލު ނަން ނޫންކަން އެނގޭ މީހަކު މަދުވާނެ އެވެ. އޭނާގެ އަސްލު ނަމަކީ ކަރަންޖީތު ކައުރް ވޮހްރާ އެވެ.
ކެނެޑާއަށް އުފަން ސަނީއަކީ އިންޑިއާގެ ސިކް އާއިލާއަކަށް ނިސްބަތްވާ މީހެެކެވެ. އޭނާ ވަނީ ފިލްމީ ދާއިރާއަށް ވަނުމުގެ މާ ކުރިން އަމިއްލަ ނަން ބަދަލު ކޮށްފަ އެވެ.
ސަނީ ލިއޯން އޭނާގެ ނަމުގެ ގޮތުގައި ޚިޔާރު ކުރެވުނު ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ އޭނާ ކެނެޑާގައ ވަޒީފާ ތަކަށް ދާން ފެށިއިރު ކިޔަން ފަސޭހަ ނަމެއްގެ ގޮތުގައި ސަނީ ބޭނުންކުރި އޭރު ފޯމެއް ފުރަން ދިން މީހެއް ގާތުގައި އޭނާގެ ފަހުނަން ޚިޔާރު ކުރަން ބުނި ކަމަށެވެ.
"ސަނީއަކީ އަހަރެންގެ ބޭބެގެ ނަން. އަހަރެންގެ ނަން ސަނީއަށް ބަދަލު ކުރީމަ މަންމަ އެކަމާ ވަރަށް ހިތްހަމަ ވެސް ނުޖެހުނު" ސަނީ ބުނެފައިވެ އެވެ.
ސަނީ ލިއޯން ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ޖިސްމް 2 އިންނެވެ. އޭގެ ކުރިން ސަނީ ވަނީ "ބިގް ބޮޑސް 5"ގައި ވެސް ބައިވެރިވެފަ އެވެ.