ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން"ގެ ފުރަތަމަ ފެނިލުމަށްފަހު އެ ފިލްމުގެ ފުރަތަމަ ލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ޕްރޮޑިއުސަރުން ތައްޔާރު ވެއްޖެ އެވެ.

ޖަވާންގެ ފުރަތަމަ ފެނިލުމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ދަނޑިވަޅެއްގައި އެ ފިލްމުގެ އެންމެ ފުރަތަމަ ލަވަ ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 26ގައި ކަމަށް ހަބަރުތައް ބުނެ އެވެ.

ރަސްމީ ގޮތުން ޖަވާންގެ ޕްރޮޑިއުސަރުން މިކަން ހާމަކޮށްފައި ނުވި ނަމަވެސް ސޯޝަލް މީޑިއާއާއި އިންޑިއާގެ މީޑިއާގައި މި ހަބަރު ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.

ބޮލީވުޑަށް އަލަށް ނުކުންނަ ޑައިރެކްޓަރު އަތުލީ ޑައިރެކްޓްކުރާ "ޖަވާން"އަކީ އެކްޝަން ތްރިލާއެއް ކަމަށާއި ޝާހުގެ ތަފާތު އެކްޓިންއެއް ފިލްމުގައި ފެންނާނެ ކަމަށް އޭނާ ބުނެ އެވެ.

ޕަތާންގެ ކާމިޔާބީއަށްފަހު "ޖަވާން" އާއި ރާޖް ކުމާރް ހިރާނީގެ "ޑަންކީ"ގެ މަސައްކްތަތައް ވެސް ޝާހްރުކް ޚާން މިވަގުތު އަންނަނީ ކުރަމުންނެވެ.