ބޭރަށް ހިންގުމުންދޭ ބޭހާއި އޯއާރްއެސް ލޮނު ޕެކެޓު ފަދަ ތަކެތި ރާއްޖެއިން ހުސްނުވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޢެ މިނސްޓްރީން މިހެން ބުނެފައިވަނީ ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއްޖެހި ހޮސްޕިޓަލްތައް ފުރިފައި ވަނިކޮށެވެ.

ހެލްތު މިނިސްޓްރީން ބުނީ ރާއްޖޭގެ އެއްވެސް ހިސާބަކުން އެއްވެސް ކަހަލަ ބޭހެއް ހުސްވެފައި ނުވާ ކަމަށެވެ. އަދި އޯއާރްއެސް ލޮނު ޕެކެޓު ވެސް ހުސްނުވެ އެބަހުރި ކަމަށެވެ.

މާލެ ސަރަޙައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެކި ފިހާރަތަކުންނާއި ފާމަސީތަކުން އޯއާރްއެސް ލޮނު ޕެކެޓު ހުސްވެދާނެ ކަމަށާއި އެހެންނަމަވެސް ސްޓޮކްގައި 10،000 ވުރެ ގިނައިން އެބަހުރި ކަމަށާއި ހުސްވެފައިވާ ފިހާރަތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މިނޖސްޓްރީން ބުނެ އެވެ.

އެޗްޕީއޭ އިން ބުނީ މާލޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަތް ރަނގަޅަށް ދޮވެގެން ނޫނީ ނުކެއުމަށް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ހޮޑުލެވޭ ގޮތްވާނަމަ އެކަމަށް ބޭސް ދިނުމަށްފަހު އަވަސް އަވަހަށް ދިޔާއެއްޗިހި ދިނުމަށް ވެސް ޑރ. ފައިސަލް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.