ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 3،331 ސާމްޕަލުން 87 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވްވި 13 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 41 މީހެއްގެ އިތުރުން ލިވަބޯޑްތަކުން ޕޮޒިޓިވްވި ތިން މީހަކު ކަމަށެވެ.

ރިސޯޓްތަކުން ޕޮޒިޓިވްވި 41 މީހުންގެ ތެރެއިން 32 މީހަކު ޕޮޒިޓިވްވީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 14،426 އަށް އަރާފަ އެވެ. އޭގެތެރެއިން 13،505 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 901 އެވެ. އޭގެތެރެއިން 68 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ މަރުވަފަ އެވެ.