ލޯބީގެ ފިލްމުތަކާއި ރޯލުތައް ކުޅޭ ވަރަށްވުރެ އޭނާ މާ މުސްކުޅި ކަމަށް ބޮލީވުޑްގެ ވެޓެރަން އެކްޓަރެއް ކަމަށްވާ އުމުރުން 87 އަހަރުގެ ދަރްމެންދްރާ ބުނެފި އެވެ.

ދަރްމެންދްރާ މިހެން ބުނެފައިވަނީ މިފަހުން ރިލީޒްކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގައި ޝަބާނާ އާޒްމީއާއެކު އޭނާ ކުޅުނު ގައިގޯޅި މަންޒަރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

އެ ފިލްމުގައި އެ ދެތަރިންގެ ޖޯޑަށް ގިނަ ބައެއްގެ ތައުރީފް ލިބެމުން އަންނައިރު ފިލްމުން ދައްކުވައިދެނީ އަހަރުތަކަކަށްފަހު ކުރީގެ ދެ ލޯބވެރިން ދިމާވުމުން ހިނގާ ކަންތަ އްތަކެކެވެ.

މި ފިލްމުގައި ދަރްމެންދްރާގެ އަންހެނުންގެ ރޯލުން ޖާޔާ ބައްޗަން ފެނިގެންދާއިރު ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ މިހާރުގެ އެންމެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންވީރު ކަޕޫރާއި އާލިއާ ބަޓް އެވެ.

ފިލްމުގެ ކޯ ސްޓާރުންނާއެކު ނަގާފައިވާ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރަމުން ދަރްމެންދްރާ ބުނީ އެއީ އުފާވެރި ވަގުތުތަކެއް ކަމަށާއި އެ ހަނދާންތައް އަބަދުވެސް ހިތުގައި ހުންނާނެ ކަމަށެވެ.

ދަރްމެންދްރާއަކީ 1970 އާއި 1980ގެ އަހަރުތަކުގައި ބޮލީވުޑްގެ އެންމެ ރޮމޭންޓިކް ހީރޯގެ ގޮތުގައި ފާހަގަ ކުރެވުނު އެކްޓަރެކެވެ. އޭރު ވެސް ޝަބާނާއާއި ޖާޔާގެ އިތުރުން އަންހެނުން ހެމާ މާލިނީއާއެކު ވެސް އޭނާ ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ.