ދޮން މަންމަ ހެލެން ދުވަހަކު ވެސް އޭނާގެ އާއިލާއާ ވަކިކުރަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އާއިލާއަށް ނިސްބަތްވާ އަރްބާޒް ޚާން ބުނެފި އެވެ.

އަރްބާޒް މިވަނީ އޭނާގެ ބައްޕަ ސަލާމް ޚާންގެ ދެވަނަ އަންހެނުން އަދި ބޮލީވުޑްގެ ވެޓެރަން އެކްޓްރެސް ހެލެންއާއެކު އޮތް އޭނާގެ ގުޅުން މީޑިއާއާ ހިއްސާކޮށްފަ އެވެ.

އަރްބާޒް ބުނީ ހެލެން ދެ އަންތްބަށް އޭނާގެ ބައްޕައާ ކައިވެނި ކުރި ނަމަވެސް ދުވަހަކު ވެސް އެ މީހުންގެ މަންމަގެ މަގާމު ހޯދަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

އަރްބާޒް އިތުރަށް ބުނީ ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހެލަންއާ އެ އާއިލާއާ ދެމެދު އޮތް ގުޅުން ވަރުގަދަވަމުން ދިޔަ ކަމަށާއި މިހާރު ހެލެންއަކީ އެއާއިލާއިން ވަކި ނުކުރެވޭނެ ފަރާތެއް ކަމަށެވެ.

ސަލީމް ޚާން ހެލެންއާ ކައިވެނި ކޮށްފައިވަނީ އޭނާގެ ފުރަތަމަ އަންހެނުން ސަލްމާއާ ވެސް ކައިވެނި ކޮށްގެން އުޅެމުންނެވެ. ސަލްމާއާއެކު ކުރި ކައިވެންޏަށް އަރްބާޒްގެ އިތުރުން ސަލްމާން ޚާންއާއި ސުހައިލް ޚާން އަދި އަލްވީރާ ޚާން ލިބިފައިވެ އެވެ.