ހއ ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓްތައް ދަތުރު ކުރަން ފަށައިފި އެވެ.
ހޯރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފައްޓަވައި ދެއްވީ ހޯރަފުށި އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
ހޯރަފުށި އެއާޕޯޓަށް ރޭ ޖެއްސި ފުރަތަމަ ފްލައިޓްގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހަމަދު ސަލީމްއާއި ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ އަދި ހޯރަފުށީ ކައުންސިލް ގެ ރައީސް މުހައްމަދު ވަހީދު ވަނީ އެރަށަށް ވަޑައިގެންފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހޯރަފުށި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ދަތުރުފަތުރު ކުރުމަށް ރައއްޔިތުންނަށް އިތުރު ލުއި ފަސެހަ ކަމެއް ލިބިގެން ދަނެ ކަމަށެވެ. އަދި އިމެޖަންސީ ހާލަތްތަކުގައިވެސް ދަތުރު ކުރުމަށް ވަރަށް ބޮޑު ލުޔަކަށް ވާނެ ކަމަށް ވަހީދު ވަނީ ވިވިދާޅުވި އެވެ.އަދި މިކަމުގެ ސަބަބުން ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް މިކަމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހޯރަފުށީ އެއާޕޯޓަށް ދުވާލަކު 3 ފްލައިޓު ޖައްސާނެ އެވެ. ހޯރަފުށި އެއާޕޯޓުގެ މަސައްކަތްތައް މިހާރު ވަނީ 24 ގަޑި އިރު އޮޕަރޭޝަނަށް ގެނެސްފަ އެވެ.