ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް ދުވާލަކު ދުވާލަކު އެންމެ 4000 ފިޔަވަޅު ހިނގާނަމަ ޒުވާން އުމުރުގައި އެކި ބަލިތަކުގެ ސަބރބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ކުޑަވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މީގެ ކުރިން ހަދާފައިވާ ދިރާސާތަކުގައި ބުނެފައިވަނީ ރަނގަޅު ސިއްހަތެއްގައި ހުރުމަށް ދުވާލަކު މަދުވެގެން 10،000 ފިޔަވަޅު ބޭނުންވާ ކަމަށެވެ.

އެހެން ނަމަވެސް އަލަށް މި ހެދި ދިރާސާއާއެކު އެ އަދަދު 4000 އަށް ދަށްވެފައިވާއިރު އޭގެ އިތުރުން އަޅާ ކޮންމެ ފިޔަވަޅަކަށް ސިއްހީ އިތުރު ފައިދާތައް ލިބޭ ކަމަށް ވެސް ހޯދިފައިވެ އެވެ.

އެގޮތުން ގަވާއިދުން ކޮންމެ ދުވަހަކު ވެސް ހިނގާނަމަ ނުވަތަ ދުވާނަމަ ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން ކިޑްނީ ބަލީގެ ނުރައްކާ ވެސް އެތައް ގުނައެއް ކުޑަވާ ކަމަށް އެނގިފައިވެ އެވެ.

4000 ފިޔަވަޅުގެ އިތުރުން ހިނގުމުގެ ސްޕީޑުން ވެސް ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. އެގޮތުން ބާރަށް ހިނގާނަމަ ހިތުގެ ހިނގުމާއި ލޭ ދައުރުވުން ރަނގަޅުކޮށްދޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

4000 ފިޔަވަޅަކީ އާއްމުކޮށް އިންސާނަކު ހިނގާ ސްޕީޑަށް ބަލާއިރު ގާތްގަނޑަކަށް އެއް ގަޑިއިރުގެ ހިނގުމެވެ. ދުވާލަކު ގަޑިއިރެއްހާއިރު މިކަމަށް ހުސްކޮށްގެން ދުޅަހެޔޮ ސިއްހަތެއް ލިބިދާނެ އެވެ.