ފޮނިތޮށްޓަކީ ހަވާދުގެ ބާވަތަކަށް ނިސްބަތްވާ އެއްޗެކެވެ. އާންމު ގޮތެއްގައި ބަދިގެ ތެރޭގައި ރިހައިގެ ބާވަތްތައް ކެއްކުމަށް ބޭނުން ކުރާ އެއްޗަކަށް ފޮނިތޮށި ވީނަމަވެސް ބައެއް ފަހަރު ފޮނި ކާތަކެތި ތައްޔާރު ކުރުމަށް ވެސް ފޮނިތޮށި ބޭނުންކުރެ އެވެ. ފޮނިތޮށްޓަކީ ސިއްހަތަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އިސްތަށިގަނޑަށާއި ހަންގަނޑަށް އަދި ސިއްހީ ވަރަށް ގިނަ ކަންތަކަށް ފޮނިތޮށިން ފަރުވާ ދެވިދާނެ އެވެ.

ބައެއް ކަހަލަ ޝޭމްޕޫ، ލޯޝަން، ސައިބޯނި އަދި މޫނު ދޮންނަ ފޯމް ނޫނީ މޫނުގައި އުނގުޅާ ކްރީމް ތަކުގައި ފޮނިތޮށި ބޭނުން ކޮށްފައި ހުންނަ ތަން ފެނެ އެވެ. މި ލިޔުމުގައި މިގެނެސްދެނީ ފޮނިތޮށިން ހަންގަނޑަށް ލިބިދޭ ބައެއް ފައިދާތަކަށެވެ.

ލަކުނު އަދި ބިހި ފިލުވައިދޭ

އެއް ސަމްސާ މުގުރި ފޮނިތޮށްޓާ ދެ ސަމްސާ މާމުއި އެއްކޮށްލާށެވެ. އެއަށްފަހު މޫނުގައި ބިހި ނާގާފައި ވާތަންތަން އަދި ލަކުނު ތަކުގެ މަތީގައި އިނގިލިން މަޑުމަޑުން ތައްޔާރު ކުރި ޕޭސްޓް އުނގުޅާށެވެ. ދެން 25 މިނެޓްފަހުން ފިނިފެނުން ދޮވެލާށެވެ. މި ޕޭސްޓް މޫނުގައި އުނގުޅުމުން މޫނުގައި ހުންނަ ތެޔޮކަން ފިލައިގެން ދިޔުމުގެ އިތުރުން މޫނުގެ ހަންގަނޑުގައި ލޭދައުރު ވުން ރަނގަޅުކޮށްދެ އެވެ.

ހަންގަނޑު ތާޒާކޮށް ޒުވާންކަން އިތުރު ކޮށްދޭ

ފޮނިތޮށްޓަކީ އެންޓި ބެކްޓީރިއަލް އެއްޗަކަށް ވުމުން ހަންގަނޑުގައި ހުންނަ ބެކްޓީރިއާތައް ނައްތާލަދީ ހަންގަނޑު ރީތޮކޮށްދެ އެވެ. އަދި ފޮނިތޮށްޓާއި ޔޯގަޓާއި ދޮންކެޔޮ އަދި ލުނބޯ ޖޫސް އެއްކޮށް ލުމަށްފަހު މޫނުގައާއި ކަރުގައި ހަފްތާއަކު ތިން ފަހަރު އުނގުޅުމަށްފަހު ތާފަނާ ފެންފޮދަކުން ދޮވެލުމުން ހަންގަނޑުގެ އޮމާންކަން އިތުރުކޮށްދީ ބިހި ފިލުވުމާއި ހަންގަނޑުގައި ހުންނަ ރޫތައް ފިލުވުމަށް އެހީތެރިވެދޭނެ އެވެ.