ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުނައްވަރަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މާދަމާ މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު، އަރިހުގައި މުނައްވަރު ވަޑައިގަންނަވާނެ ކަމަށެވެ.މުއިއްޒުގެ ކެމްޕޭނާ ގިނަ ބަޔަކު އަންނަނީ ގުޅެމުންނެވެ. އެގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ވެސް ވަނީ މުއިއްޒަށް ތާއީދު ކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

މުނައްވަރަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ބޭބެ އެވެ. އޭނާ ވަނީ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

މީގެކުރިން މުނައްވަރު ވަނީ އަމިއްލަގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމުން ބަދަލުކުރައްވާފަ އެވެ.