ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕަރިނީތީ ޗޯޕްރާއާއި އޭނާގެ ލޯބިވެރިޔާ ރާގަވް ޗައްދާ އަންނަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަންނަ މަހު އެ ދެމީހުން ކައިވެނި ކުރަން ހަމަޖެހިފައިވަނީ އެގައުމުގެ ސަރަހައްދެއް ކަމަށްވާ ރާޖަސްތާންގަ އެވެ.
ހަމައެކަނި އާއިލާއާއި ގާތް ރަހްމަތްތެރިންނަށް ދައުވަތު އެރުވިގެން ކުރިއަށްދާނެ އެ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކައިވެނީގެ ހަފްލާތަކުގެ ތައްޔާރީތައް ޕަރިނީތީގެ ޓީމުން ކުރަމުން އަންނަ ކަމަށާއި ބުރަ ޝެޑިއުލެއްގެ ތެރެއިން ކައިވެންޏަށް ވަގުތު ހުސްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އިންޑިއާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއް ކަމަށްވާ ރާގަވް ޗައްދާއާއި ޕަރިނީތީ އެންގޭޖް ވެފައިވަނީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން އެ ދެމީހުންގެ ކައިވެނީގެ ވާހަކަތައް މީޑިއާގައި ދެކެވެމުން އައި ނަމަވެސް މިހާތަނަށް ރަސްމީ ގޮތުން އެކަން އިއުލާން ކޮށްފައެއް ނުވެ އެވެ.
މެޗު ވިއްކަން އެއްބަސްވި 17 ރެފްރީއަކު ހައްޔަރުކުރަނީ
އަދުރޭގެ އެހެން ކުންފުންޏަކަށް 17.5 މިލިއަންގެ މަޝްރޫއު!
"ފީފާ ޕީސް ޕްރައިޒް" ސުލްހައިގެ އިނާމް ތައާރަފްކޮށްފި