ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ ކްލިނިކުގެ ހިދުމަތް ހުކުރު ދުވަހު ވެސް ދޭން ނިންމައިފި އެވެ.

ޓްރީ ޓޮޕްއިން ބުނި ގޮތުގައި މި ހިދުމަތް ހުކުރު ދުވަހު ދޭން ނިންމީ ޕޭޝަންޓުންނަށް އެ ކުލިނިކުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހެއްގައި ފޯރުކޮށްދިނުމަށެވެ. އެގޮތުން ހުކުރު ދުވަހު ފެމިލީ ކްލިނިކުގެ ހިދުމަތް ލިބިގެންދާނީ 15:00 އިން ފެށިގެން ރޭގަނޑު 22:00 އާ ދެމެދު އެވެ.

ފެމިލީ ކުލިނިކަކީ ލިބޭ ހިދުމަތްތަކުގެ ތެރޭގައި ޕްރިވެންޓިވް ކެއާ، ޗެކްއަޕް ހެދުމާއި ހެލްތު ރިސްކް އެސެސްމެންޓާއި ވެކްސިނޭޝަން، ވޯކް ޕާމިޓް މެޑިކަލްސް އަދި ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާކުރަން ބޭނުންވާ ކައުންސިލިންގެ ހިދުމަތްތައް ދޭ ތަނެކެވެ.

ފެމިލީ ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އިމާޖެންސީ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފެމިލީ ކްލިނިކުން ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކުގެ އަލާމާތްތައް ދެނެގަތުމާއި ކުރިއާލައި ފަރުވާ ހޯދޭނެ ގޮތްތައް ދެނެގަނެވޭނެ އެވެ. މިއީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ކޮންސަލްޓޭޝަނާއި ފަރުވާދޭ ކްލިނިކެކެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އަންނަނީ ތަޖުރިބާކާރު އަދި މަތީ ތަމްރީނު ލިބިފައިވާ ސްޕެޝަލިސްޓުންނާއި ޒަމާނީ ވަސީލަތްތަކާއިއެކު އެންމެ ފަހުގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.