"ގަދަރް 2" އަށް ލިބެމުން އަންނަ ގިނަ ކާމިޔާބީތަކާއެކު އެ ފިލްމުގެ ލީޑު ތަރި ސަނީ ޑިއޯލް ފިލްމު ކުޅެދޭ އަގުތައް ބޮޑު ކޮށްފި އެވެ.

އެގޮތުން ކުރިއަށް އޮތް ތަނުގައި ދެން އޭނާ ފިލްމެއް ކުޅެދޭ އަގު 50 ކްރޯޑް ރުޕީސްއަށް ބޮޑޮކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ސަނީ ޑިއޯލްއަކީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ގިނަ ކާމިޔާބު ފިލްމުތަކަކުން ފެނުނު ތަރި އެކެވެ. އޭގެ ތެރޭގައި ގަދަރްއާއި ބޯޑަރު ފަދަ ފިލްމުތައް ހިމެނެ އެވެ.

ގަދަރް 2 ރިލީޒްކުރިތާ ތިން ހަފްތާ ވެފައިވާއިރު މިހާތަނަށް 400 ކްރޯޑް ލިބިފައިވެ އެވެ. މިއީ ބޮލީވުޑްގެ މަދު ފިލްމަކަށް ނޫނީ ލިބިފައިނުވާ ޝަރަފެކެވެ.

ގަދަރް 2ގެ ކާމިޔާބަށްފަހު ބޯޑަރުގެ ދެވަނަ ބައެއްގެ ވެސް މަސައްކަތް ފަށާފައިވާ ކަމަށް ވެސް ހަބަރުތައް އަންނަނީ ބުނަމުންނެވެ.