ބ. ތުޅާދޫގައި ވޯޓު ކަރުދާހުގެ ފޮޓޯ ނެގި މައްސަލާގައި ވޯޓުލުން މެދު ކަނޑާލައިފި އެވެ.
ތުޅާދޫ ވޯޓު ފޮށްޓަށް ވޯޓުލުން މެދު ކަނޑާލާފައި ވަނީ ވޯޓު ލާން ވަތް މީހަކު އެތެރެއާސް އަމިއްލައަށް ވެއްދި ގަލަމުން ވޯޓު ކަރުދާހުގެ ފޮޓޯއެއް ނެގުމުންނެވެ.
ތުޅަދޫން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ ވޯޓުލާން ވަދެ އޭނާ ގެނައި ގަލަމުން ވޯޓު ކަރުދާހުގެ ފޮޓޯއެއް ނަގާފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ބުނަމުން ދަނީ އޭނާގެ ވޯޓު ކަރުދާސް ވޯޓު ފޮށްޓަށްލުމަށް ކަމަށް އެމީހާ ކިޔައިދިނެވެ.
އެހެން ނަމަވެސް އެއީ އިލެކްޝަންގެ ގަވާއިދާ ހިލާފު ކަމަކަށް ވާތީ އެ ވޯޓު ކަރުދާސް ވޯޓު ފޮށްޓަށް ނުލެވޭނެ ކަމަށް އެތަނުގައި ތިބި އޮފިޝަލުންނާއި މަންދޫބުން ބުނަމުން ދިޔަ ކަމަށް ބުންޏެވެ.
މިހާރު ފުލުހުން ވަނީ އެމީހާގެ ގަލަން އަތުލާ އެގަލަމުގައި އިން މެމޮރީ ކާދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ
މީޑިއާ ކޮމިޝަނުގެ ރައީސަށް 59،000ރ. އަދި ނައިބަށް 48،000ރ.
ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
