ރުޅިގަދަ ނުވާށެވެ. ކަންބޮޑުނުވާށެވެ. އަވަހަށް މުސްކުޅިވެ ބޮލުގައި ނުރަ ޖަހާފާނެ އެވެ." މިއީ އަހަރުމެންނަށް ވަރަށް އާއްމުކޮށް އިވޭ ޖުމްލަ އެކެވެ.

މިއީ ކިހާވަރެއްގެ ހަގީގަތެއް އޭގައި އެކުލެވިގެންވާ ވާހަކައެއް ހެއްޔެވެ؟ ކަންކަމާ އަވަސް އަވަހަށް ހާސްވެ، ބޯގޮއްވައި ރުޅިގަދަވާނަމަ ހަމަ ހަގީގަތުގައި ވެސް އުމުރު ކުރުވޭ ހެއްޔެވެ؟ ނުވަތަ ބޮލުގައި ނުރަ ޖެހުން އަވަސްވޭ ހެއްޔެވެ؟

އިސްތަށިގަނޑުގައި ކުލަ ޖައްސައިދެނީ ދެ ވައްތަރެއްގެ މެލަނިން ޕިގްމެންޓްތަކަކުންނެވެ. އިޔުމެލަނިން އަކީ ކަޅު ކުލައިގެ ހާއްސަ އެޖެންޓެވެ. ފިއޯމެލަނިން އަކީ ރަތް ނުވަތަ ރީނދޫ ކުލަ އިސްތަށިގަނޑުގައި ޖައްސައިދޭ ޕިގްމެންޓެވެ.

ހާސްވެ ކަންބޮޑުވާން ފެށުމުން ތިމާގެ އަމިއްލަ ދިފާއީ ނިޒާމް މަސައްކަތް ކުރަން ފަށައި ހަށިގަނޑު ތެރެއިން އަޅާ ދިފާއީ ފިޔަވަޅުތަކެއްގެ ސަބަބުން މި ދެންނެވި ޕިގްމަންޓްތަކުގެ ބާރު ދަށްވެ އެވެ.

މިފަދަ ގިނަ ހާލަތްތަކުގައި، މި ދިފާއީ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރުވަނީ ބޮލުގައި ރަނގަޅަށް ހުންނަ "ފަތަށެވެ". ނުރަ އިސްތަށިތަކަށް އަސަރެއް ނޫނެވެ.

ނަތީޖާއަކަށްވަނީ އުމުރަށް ވުރެ އަވަހަށް އިސްތަށި ނުރަވެ ބޯ ހުދުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މާ އަވަހަށް މުސްކުޅި ވުމެވެ.

އެހެން ކަމުން މިފަދަ ހާލަތަކުން ދުރުވެ ތިބުމަށްޓަކައި ހާާސްކަމާއި ކަންބޮޑުވުން ތައް ދިރިއުޅުމުގައި މަދު ކުރަން ޖެހެ އެވެ.