އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޒާމިރު އެ މަގާމަށް އައްޔަން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އިސްތިއުފާގެ ސިޓީއާ އެކު ޒާމިރު އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރައްޔިތުން އެމީހުންގެ އަޑު އިއްވައިފި ކަމަށެވެ.
"މިއީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ޖެހޭ ވަގުތު. އެހެންވެ އަޅުގަނޑު މަގާމުން އިސްތިއުފާ ދީފިން،" ޒާމިރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޒާމިރު ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިންތިހާބުން ލިބުނީ ފަސް ވަނަ އެވެ. އެއީ 2.5 އިންސައްތަ ވޯޓެވެ.
ޖުމްހޫރީ ޕާޓީ އިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކު އަދި ނިންމައިފައެއް ނުވެ އެވެ. ނަމަވެސް އިސްލާހީ މަސައްކަތުގައި ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
މި މަހުގެ 30 ގައި ބާއްވާ ދެވަނަ ބުރަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއިި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.