ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 2،882 ސާމްޕަލުން އިތުރު 65 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 38 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި މީހުނެވެ. އަތޮޅު ތެރެއިން އެކަކު ޕޮޒިޓިވްވިއިރު ރިސޯޓްތަކުން 26 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14,830 އަށް އަރާފަ އެވެ. މިހާތަނަށް މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 13،731 އެވެ.

މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،042 އެވެ. އޭގެތެރެއިން 69 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްތަކުގަ އެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގަ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 50 މީހަކު ވަނީ މަރުވެފަ އެވެ.