ތަމަޅަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ތަމަޅަ އެކްޓަރު ސޫރިއާ ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވެއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްޓަރު ސޫރިއާ އަށް ވަނީ ބޮލީވުޑް ފިލްމެއް ކުޅުމުގެ ފުރުސަތު ލިބިފަ އެވެ. އެގޮތުން ސޫރިއާ ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާ ގެނެސްދިނުމަށް ނިންމާފައިވާ ފިލްމު "ކަރުނާ" އިންނެވެ.

އޯމްޕްރަކާޝް އަކީ "ރަންގް ދެ ބަސަންތީ" އާއި "ދިއްލީ-6" ގެ އިތުރުން "ބާގް މިލްކާ ބާގް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ތޫފާން" އެވެ.

މިފިލްމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވާއިރު މިފިލްމަށް ސޫރިއާ އެއްބަސްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޫރިއާ އަކީ އިންޑިއާގެ ދެކުނު ފިލްމީ ދާއިރާގައި އެންމެ އަގު ބޮޑު އެކްޓަރު އެވެ.

އޭނަ އަކީ ކުރިން ހިންދީ ފިލްމުތަކުން ފެނިފައިވާ ބަތަލާއެއް ކަމަށްވާ ނަގްމާގެ ކޮއްކޮ ޖޯތިކާގެ ފިރިމީހާ އެވެ. ޖޯތިކާ އަކީ ވެސް ހިންދީ ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ.

ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ ސޫރިއާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެމުން އަންނަ އިރު، އޭނަގެ 2020 ގެ ފިލްމު "ސޫރަރާއި ޕޮއްޓުރޫ" ގެ ހިންދީ ރިމޭކުން އަކްޝޭ ކުމާރު ފެނިގެންދާނެ އެވެ.