ނަގުދު ފައިސާގެ ބަދަލުގައި ޕޭޔާގެ ކިއުއާރު ކޯޑު މެދުވެރިކޮށް ޝްވެކް ސިނަމާއިން ޓިކެޓް ގަނެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މާލެ ސަރަހައްދުގައި ޝްވެކްގެ ދެ ސިނަމާ ހުރެ އެވެ. ނަމަވެސް އެ ދެތަނުން މީގެ ކުރިން ޓިކެޓް ގެނެވެނީ ހަމައެކަނި ނަގުދު ފައިސާއިންނެވެ.

ޕޭޔާއިން ބުނިގޮތުގައި ޕޭޔާ ބޭނުންކުރާ ކަސްޓަމަރުންނަށް ކިއުއާރު ކޯޑު މެދުވެރިކޮށް ޝްވެކް ސިނަމާއިން ޓިކެޓަށް ފައިސާ ދެއްކޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ފަސޭހައެކެވެ.

"ނަގުދު ފައިސާ އާއި ކާޑުގެ އުނދަގުލަކާ ނުލައި މިހާރު މަގުބޫލް ފިލްމުތައް އުފަލާއެކު ބަލައިލެވޭނެ. ޕޭޔާގެ އަވަސް، ކޮންޓެކްޓްލެސް އަދި ސްޓްރެސް ފްރީ ޕޭމަންޓްސް މެދުވެރިކޮށް ޝްވެކުން ފިލްމް ބަލާލެވޭނެ ގޮތް މިވަނީ ހަމަޖައްސައިދީފައި،" ޕޭޔާއިން ބުންޏެވެ.

https://www.facebook.com/photo?fbid=804174005043273&set=a.504941978299812

ޒުވާން ދިވެހި ޑިވެލޮޕަރުންތަކެއް އުފެއްދި ޕޭޔާއަކީ 2018ގައި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރަން ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ. ނަމަވެސް މި އެޕްލިކޭޝަންގެ ކިއުއާރު ސްކޭން މެދުވެރިކޮށް ބައެއް ފިހާރަތަކަށާއި ކެފޭ، ރެސްޓޯރަންޓްތަކަށް ވެސް ފައިސާ ދެއްކެ އެވެ.

ޕޭޔާއަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާއެއްގެ ލައިސަންސް އެމްއެމްއޭ އިން ދިނީ މާޗް 2022ގަ އެވެ.