ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ މީޑިއާތަކުގެ ފަލަ ސުރުހީ ތަކުން ޖާގަ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ދުވަސްވަރާ ދިމާކޮށް އޭނާގެ އިތުރު ވީޑިއޯއެއް ވެސް މިވަނީ ދައުރުވާން ފަށާފަ އެވެ.
2017 ވަނަ އަހަރު މުމްބާއީގައި އޮތް މާޝަލް އާޓްސް އިވެންޓެއްގެ ތެރެއިން ޕަރިނީތީ ދައްކާފައިވާ ވާހަކައިގެ އެ ވީޑިއޯ ކޮޅަށް ގިނަ ބައެއްގެ ސަމާލުކަން ލިބި ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ވީޑިއޯގައި ޕަރިނީތީ ބުނެފައިވަނީ އޭނާ ބޮޑުވަމުން އައިއިރު މާލީ ގޮތުން ވަރަށް ބޮޑު ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
"އަހަރެމެން އަތުގައި ކާރަށް ނުވަތަ ބަހަށް އަރަން ފައިސާ ނެތުމުން އަހަންނާއި އަހަރެންގެ ބޭބެމެން ސްކޫލަށް ދިޔައީ ބައިސްކަލުގައި" ޕަރިނީތީ ބުނެފައިވެ އެވެ.
މި ވީޑިއޯ އާއްމުވުމާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އެގޮތުން އޭނާއާއެކު އެއް ސްކޫލެއްގައި ކިޔެވި ބައެއް ދަރިވަރުން ވަނީ އޭނާ ސްކޫލަށް އަންނަ ކާރު ވެސް ހަނދާން އެބަހުރި ކަމަށް ބުނެފަ އެވެ.
ޕަރިނީތީއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ދެބެންގެ ދެދަރި ކޮއްކޮ އެކެވެ. އެ ދެމީހުންގެ އާއިލާއަކީ އިންޑިއާގައި ނުފޫޒުގަދަ އާއިލާ އެކެވެ.
ޕަރިނީތީ ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ އާއްމު އާދްމީ ޕާޓީގެ މަޖިލިސް މެމްބަރު ރާގަވް ޗައްދާއާ ކައިވެނި ކޮށްފަ އެވެ.
ޖަސްޓިންއާއި ކޭޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ކޮށްދީފި
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު