އަންނަ ބުދަ ދުވަހު އިންޑިއާގައި ފެށުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކަސްޓަމްސްގެ 20 މުވައްޒަފަކު އެ ގައުމަށް ފުރަން ހަމަޖެހިއްޖެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މުވައްޒަފުން ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 އިން 14 ގެ ނިޔަލަށް ކަމަށެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި މި ޓީމު ބައިވެރިވާނީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީން ކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން "ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު" ގެ ޓްރެއިނިން-އަދި-ސްޓަޑީ ޓުއާގަ އެވެ. އިންޑިޔާ ސަރުކާރުން ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ)ގެ ދަށުން ހުންނަ ނާސިން ބެންގަލޫރު ހިންގަނީ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުންނެވެ.

މި ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމުކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނުކުރުން ފަދަ ދާއިރާތައް ހިމެނެއެވެ. އަދި އެ ދާއިރާތަކަށް އަމާޒުކޮށްގެން ތަޖުރިބާކާރުން ސެޝަންތައް ހިމެނެ އެވެ. ބައިވެރިންނަށް އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ ކެނައިން ފެސިލިޓީ "ކަސްޓަމްސް ކޭ9 ސެންޓަރު" ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމްކޮށްފަ އެވެ.

އޭގެތެރޭގައި ބޭސިކް ގްރޫމިންގ، ކެނެލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިންގ، އޮބިޑެންސް ޓްރެއިނިންގ ފަދަ މައުޟޫޢުތަކަށް ބިނާކޮށް ސެޝަންތައް ތަޖުރިބާކާރުން ނަގައި ދޭނެ އެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީހީ އަދި ސަގާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ އެވެ.

މި ދަތުރަކީ ކަސްޓަމްސްގެ ކެޕޭސިޓީ ބިލްޑިންގގައި އެއްބާރުލުން އިތުރުކުރުމުގެ މަގްސަދުގައި 2019 ވަނަ އަހަރުގެ ޖޫން މަހު ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީބީއައިސީ އާއި ކަސްޓަމްސްއާ އާ ދެމެދު ސޮއިކުރެވުނު "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ" ގެ ދަށުން ހަމަޖެހިފައިވާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކުރެވިފައިވެ އެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފަ އެވެ.

އައިޓެކް އިން ޕަސަން ޓްރެއިނިން ޕްރޮގްރާމްތަކުގެ ދަށުން ގިނަ އަދަދެއްގެ ކަސްޓަމްސް އޮފިސަރުންނަަށް ފައިދާކުރެއެވެ. މި އެމްއޯޔޫގެ ދަށުން ކުރިއަށް އޮތްތަނުގައި ކެޕޭސިޓީ ބިލްޑިންގ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ.