ހިންދީ ސީރީޒްތަކުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ދިޝާ ޕާމާ، އޭނާގެ އަލަތު ދަރިފުޅު ވިހާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ.
ފިރިމީހާ ރާހުލް ވައިދުޔާއާއެކު އެދެމަފިރިންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔާފައިވާއިރު ދިޝާ އަންނަނީ އޭނާގެ އާ ތަޖުރިބާތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެގޮތުން މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމް ސްޓޯރީގައި ދިޝާ ހިއްސާކުރި ފޮޓޯއެއް މިވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފަ އެވެ.
"17 ދުވަސް ފަހުން" ޖަހާފައިވާ އެ ފޮޓޯގައި ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފްލެއާޑް ހަރުވާޅެއް ލައިގެން ދިޝާ ހުރިއިރު އެންމެ ބޮޑަށް ފާހަގަ ވަނީ އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލެވެ.
ދިޝާ ވަނީ ވިހެއުމަށްފަހު 17 ދުވަސް ތެރޭގައި ބަނޑުބޮޑު ދުވަސްވަރު އިތުރުވި ބަރުދަނުގެ ބޮޑު ބައެއް ދުއްވާލާފަ އެވެ. އެއާއެކު އޭނާއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
ދިޝާއަކީ "ޕްޔާރްކާ ދަރްދް ހޭ" އަދި "ބަޑޭ އައްޗޭ ލަގްތޭ ހޭ" ފަދަ މަޝްހޫރު ސީރީޒްތަކުން އާއްމުންގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ.

މީހަކު ކިޑްނެޕް ކުރިމަކުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރަށް
ތިން ކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި
އަގުބޮޑު ކަނޑުދޫ މިރުހުގެ ކުޅިކަން "ގެއްލިއްޖެ"