ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ކައިވެންޏަށްފަހު އިންޑިއާ އިން ބޭރަށް ކުރި ފުރަތަމަ ދަތުރުގައި ރާއްޖެ އަތުވެއްޖެ އެވެ.

މިދިޔަ މަހު ކައިވެނި ކުރި ޕަރިނީތީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސްގަ އެވެ. ޕަރިނީތީ އަންނަނީ އޭނާގެ އިންސްޓަގްރާމްގައި އެރިސޯޓްގައި ނަގާފައިވާ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

މިފޮޓޯތައް ހިއްސާ ކުރުމަށްފަހު ޕަރިނީތީ ބުނެފައިވަނީ މިއީ ހަނީމޫން ދަތުރެއް ނޫން ކަމަށާއި މިއީ "ގާލްސް ޓްރިޕް"އެއް ކަމަށެވެ. އަދި ސްވިމިން ޕޫލްގައި ނަގާފައިވާ ފޮޓޯއަކީ އޭނާގެ ފަހަރި ނަގާފައިވާ ފޮޓޯއެއް ކަމަށްވެސް ޕަރިނީތީ ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CydhHtkpL4t/?hl=en

ޕަރިނީތީ ވަނީ މީގެ ކުރިންވެސް އެކި ފަހަރު މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ.

ޕަރިނީތީ އާއި އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރާގަވް ޗައްޑާ ކައިވެނި ކުރީ މިދިޔަ މަހުގެ 24ގައި ރާޖަސްތާނުގަ އެވެ. އަދި ކައިވެނި ހަފުލާގެ ކުރިން ސަގާފީ އެހެން ހަފުލާތައްވެސް ބާއްވާފައިވެ އެވެ.

ޕަރިނީތީ ވަނީ ރާއްޖެ އައުމުގެ ކުރިން ލެކްމޭ ފެޝަން ވީކްގައި ބައިވެރިވެފަ އެވެ.

ޕަރިނީތީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖް" އިންނެވެ. މި ފިލްމު ނެރެފައި ވަނީ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހެވެ.