ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގައި އެއްޗެއް ގޮވުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް އިންޑިއާ އަށް ގެންދަން ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއްގޮވީ ފަޔާ އެންޑް ރެސްކިއުގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެކެވެ. ސިލިންޑަރު ގޮވާފައިވަނީ އޭތި ރީފިލް ކުރަން އުޅުމުގެ ތެރޭގަ އެވެ.
އަނިޔާވި މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އެހެން ނަމަވެސް ހާލު ސީރިއަސްވި މީހާ ހަމަ އެރޭ ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.
އެ މީހާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ މިހާރު އިތުރު ފަރުވާއަށް އޭނާ އިންޑީއާ އަށް ގެންދިއުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަނިޔާވެފައި ވަނީ ކަނާތުގެ ހުޅާއި އުޅަނބޮއްޓަށް ކަމަށް އާއިލާ އިން ބުނެ އެވެ. އަތުގެ ނަރުތަކަށް މާބޮޑު ގެއްލުމެއް ނުލިބޭތީ ކޮންމެވެސް ވަރަކަށް އަތް ހަރަކާތް ކުރެވޭ ކަމަށް އާއިލާ އިން ބުނެ އެވެ.