ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރްޔަންއާއި ތާރާ ސުތާރިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި އަޑުތައް އަރާފައި މިވަނީ އެ ދެ މީހުން އެކުގައި މުމްބާއީގެ އެކި ތަންތަނުން ފެންނަމުންދާ ދުވަސްވަރެއްގަ އެވެ. އެންމެ ފަހުން ފެނިފައިވަނީ ރެސްޓޯރެންޓެއްގެ ބޭރުންނެވެ.
ކާތިކްއާއި ތާރާގެ ގުޅުން އެ ދެމީހުންކުރެ އެކަކު ވެސް ޔަގީން ކޮށްދީފައިނުވާއިރު އެއީ އެ މީހުންގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "އާޝިގީ 2" ޕްރޮމޯޓް ކުރަން ޖައްސާ ސްޓަންޓެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ފިލްމު ފްރެންޗައިޒް އާޝިގީގެ ތިންވަނަ ބައިގައި ކާތިކްއާއި ތާރާ އެކުގައި ފެނިގެންދާއިރު އެ ފިލްމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެ އެވެ.
މީގެ ކުރިންވެސް ކާތިކް އެކި އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ދުވަސްކޮޅަކަށްފަހު އެ އަޑުތައް ފަނޑުވެފައިވެ އެވެ.