ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކުން ނުވިކި ހުރި ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލަން އާބަންކޯއިން ނިންމައިިފި އެވެ.
އާބަންކޯ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ވިނަރެސް ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓު ގަތުމަށް ޝަރުތުހަމަވާ މީހުން ބެލުމަށް ފަހު ވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ފްލެޓާ ގުޅުންހުރި މަރުހަލާތައް މި މަހުގެ ނިޔަލަށް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި ފްލެޓް އިހުތިޔާރު ކުރަން ހާޒިރުނުވާ މީހުންގެ ފޯމް ބާތިލުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.
ވިނަރެސްގައި 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 ފްލެޓް ހިމެނެ އެވެ.
ވިނަރެސްގެ ހުރިހާ ޓަވަރެއްގައި ވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އެއީ ހަތަރު ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެ ތަނުގައި ހިމެނެނީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.
● އެޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 883-1،395.64 އަކަފޫޓާ ދެމެދު
● އިންސްޓޯލްމަންޓް އުސޫލުން 20-25 އަހަރުން ފައިސާ ދެއްކޭނެ
● ޕްރޮޖެކްޓް ނިންމައި ތަން ހަވާލުކުރުމާ ހަމައަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ
● އާބަންކޯއަށް އަށް 20-25 އަހަރު ތެރޭ ފައިސާ ދައްކާ ގޮތަށް އަދި ބޭންކުން ލޯނު ނަގައިގެން ވެސް ގަނެވޭނެ
ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ މީހުންނަށް އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން ހަ ޕަސެންޓަށް މިހާރު ވަނީ ކުޑަކޮށްދީފަ އެވެ.
 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
			މާލެއިން ހިލޭ ގޯތި ދިނުމުން މެންބަރު ހުސެންބެގެ ކަންބޮޑުވުން
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					