ދިހަ މަސްދުވަހަށް ފަހު ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އެ ޕާޓީގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބަދަލުކުރައްވައިފި އެވެ.

ރައީސް ޔާމީން ޕީޕީއެމް އޮފީހަށް ރޭ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

މިއީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު، އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރުމަށްފަހު މާލެ ބަންދަށް ބަދަލު ކުރުމާއެކު ސަޕޯޓަރުންނާ ބައްދަލު ކުރުމަށް ވަޑައިގެންނެވި ފުރަތަމަ ޒިޔާރަތެވެ. އަދި އެ ޕާޓީގެ އޮފީހުގައި ތިއްބެވި ޕީޕީއެމްގެ އާންމު މެންބަރުންނާ ބައްދަލު ކުރައްވާ ގިނަ އިރުވަންދެން ވާހަކަފުޅު ދެއްކެވި އެވެ.

ބައްދަލްވުމުގައި ބައިވެރިވި ބައެއް ބޭފުޅުން ވިދާޅުވީ ޔާމީން ވާހަކަ ދެއްކެވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއްބާރުލުން ދިނުމުގެ މުހިންމު ކަމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީންގެ ގަނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ޑރ. މުހައްމަދު ޖަމީލު ބައިވެރިވި އެވެ.

ރައީސް ޔާމީން ގޭބަންދުގައި އެއްމަސް ދުވަސް ވަންދެން ބެހެއްޓުމަށްފަހު މާލެ ބަންދަށް ދޫކޮށްލެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.

އެމަނިކުފާނު ގޭބަންދަށް ބަދަލުކުރީ ފާއިތުވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ނާކާމިޔާބުވެވަޑައިގެން ރައީސް ޔާމީނު ތާއީދުކުރެއްވި ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

ރަށު ބަންދުގައި ހުންނަވާއިރު މާލޭ ސަރަހައްދުގައި އެމަނިކުފާނަށް މިނިވަންކަމާ އެކު އުޅުއްވައި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ހެއްދެވޭނެ އެވެ.