ރަނގަޅު ނިދި ލިބުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭގެ ހެޔޮ އަސަރުކުރާ ކަމެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. ދުޅަހެޔޮ ސިއްހަތަކަށް ނިދި ހަމަ ކުރުން މުހިއްމު ވަނީ އެހެންވެ އެވެ.
ރޭގަނޑުގެ ނިންޖަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ކަމަކަށް ވީއިރު، ނިދުމުގައި ގެންގުޅޭ ބައެއް އާދަތަކަކީ ވެސް އޭގެ ސަބަބުން ދިފާއީ ނިޒާމް އިތުރަށް ވަރުގަދަ ކޮށްދޭ ކަމެކެވެ. އެގޮތުން އެފަދަ ބައެއް އާދަތަކަށް މި ލިޔުމުގައި ބަލާލާނަމެވެ.
ނިދާ ކޮޓަރީގެ މާހައުލު
ނިދާ ކޮޓަރީގެ މާހައުލަކީ ހަމަ ނިދި ލިބުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ކަމެވެ. އެހެން ކަމުން ނިދާ ކޮޓަރީގެ މާހައުލު އަރާމު ކަމާއި ހިތްގައިމުކަން ގެނެވޭ ގޮތަށް ފަރުމާ ކުރާށެވެ. ކޮޓަރީގެ ފާރުތަކުގައި ލާ ކުލައިން ފެށިގެން ލައިޓިންއަކީ ވެސް ނިދުމަށް އަސަރުކުރާ ކަންތަކެވެ.
ނިދުމުގެ ކުރިން ފެންވެރުން
ނިދުމުގެ ކުރިން ގައި ދޮވެލުމަކީ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައި ދޭ ކަމެކެވެ. އޭގެ އިތުރުން އެއީ ލޭގެ ހިނގުމާއި ހުޅުތަކަށް ވެސް ފައިދާހުރި ކަމެކެވެ. ނިދުމުގެ ކުރިން ފެންވަރާލުމުން ނިދި އައުން އަވަސްވެ ނިދި ރަނގަޅު ވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ބްލޫ ލައިޓް އާ ދުރުވުން
ޓީވީއާއި މޮބައިލް ފޯނު ފަދަ ތަކެތިން އުފައްދާ ބްލޫ ލައިޓަކީ ނިދި އައުމަށް އެހީވެދޭ ހޯމޯން ހަށިގަނޑުގައި ދައުރުވުން ލަސްކޮށްދޭ ކަމެކެވެ. އެހެން ކަމުން ނިދާ ގަޑީގައި ފޯނާ ކުޅުމަކީ ވެސް ނިދީގެ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ.