ބޮލީވުޑްގެ ތަރި އާލިއާ ބަޓްއަކީ އެކި ދުވަސްވަރު އެކި ސަބަބުތަކަށްޓަކައި އާއްމުންގެ ފުރައްސާރައާއި ފާޑުކިޔުން އަމާޒުވާ ތަރިއެކެވެ. އެއީ އޭނާގެ ފިލްމީ މަސައްކަތްތަކާއި ޒާތީ ދިރިއުޅުމަށް ވިޔަސްމެ އެވެ.
ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިއާ ވަނީ ކުރިމަތިވާ ފުރައްސާރައާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ފުރައްސާރަ ލިބުމަކީ ތަރިއަކަށް ވުމުގެ ބައެއް ކަމަށް އޭނާ ބުންޏެވެ.
"އަހަރެން ގަބޫލުކުރަން އަހަރެން ކުރާ ކޮންމެ ކަމަކަށް ފާޑުކިޔައި ފުރައްސާރަ ކުރާނެ ބަޔަކު ތިބޭނެކަން. އެހެންވީމަ އެކަމަށް ސަމާލުކަން ނުދިނުން ރަނގަޅުވާނީ" އާލިއާ ބުންޏެވެ.
އާލިއާ އިތުރަށް ބުނީ ތަރިއަކަށްވެ ހުރެ އެފަދަ ކަންކަމަށް ރައްދުދީ ޖަވާބު ދިނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެއީ އޭނާގެ ޝަހުސިއްޔަތާ ނުބައްދަލު ކަމެއް ކަމަށެވެ.
އާލިއާއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި އެއް ކަމަކީ ރަންބީރު ކަޕޫރާ ކައިވެނި ކުރުމެވެ. 10 އަހަރުގެ އުމުރުގެ ތަފާތެއް ހުރި ނަމަވެސް އެދެމީހުން ކުރި ކައިވެންޏަށް ގިނަ ބަޔަކު ފުރައްސާރަވެސް ކުރި އެވެ.
ދިރާގުން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު!
"އެވެޓާ"ގެ އާ ފިލްމަށް ލިބުނީ ފިނި ތަރުހީބެއް!
ވ. އަތޮޅުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ