ބޮލީވުޑްގެ ވެޓެރަން އެކްޓަރު ޒީނަތު އަމަންގެ ލޮލަށް މީގެ 40 އަހަރު ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން ކުރިމަތިވި ބައްޔެއްގެ ފަރުވާއެއްގެ ގޮތުން ލޮލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޒީނަތު ބުނީ އަހަރުތަކެއް ވަންދެން ޕިޓޮސިސް ނަމަކަށް ކިޔާ ލޮލުގެ ބައްޔެއް އޭނާ ތަހައްމަލް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ބަލީގެ ސަބަބުން އޭނާގެ ލޮލުގެ ފެނުމަށް ވެސް އަސަރު ކުރަން ފެށި ކަމަށާއި އެކަމަށް ފަރުވާ ހޯދަން ގަސްދުކުރީ އެހިސާބުން ކަމަށެވެ.
މީގެ 40 އަހަރު ކުރިން އަނިޔާ ލިބުނުއިރު އެ ކަމަށް ކުރި ހުރިހާ ފަރުވާއެއް ނާކާމިޔާބުވެފައިވާ ކަމަށާއި އެހެން ނަމަވެސް އުއްމީދު އާވީ މިއަހަރުގެ އޭޕްރީލް މަހު ދިމާވީ ޑޮކްޓަރެއްގެ ކައިރިން ކަމަށް އޭނާ ބުންޏެވެ.
އެ ބަލީގެ ސަބަބުން ޒީނަތުގެ ސޫރައަށް ވެސް ކޮންމެވެސް ވަރެއްގެ ބަަދަލެއް އައިކަން ފާހަގަ ކުރަމުން އެއާއެކު ވެސް އޭނާއަށް ފިލްމުތައް ހުށައެޅި ބޮލީވުޑްގެ ފަރާތްތަކަށް އޭނާ ޝުކުރު އަދާ ކޮށްފައިވެސްވެ އެވެ.
އެމެރިކާ އާއެކު އެއްވެސް މަޝްވަރާއެއް ނުކުރަން އަންގައިފި
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
ހޮރްމޫޒުން ދަތުރުކުރާ ސްޕެއިން ބޯޓުތަކުން ފީ ނުނަގަން ނިންމައިފި