11 އަހަރަށްފަހު ބޮލީވުޑްގެ ރެޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންހްއާއި އޭނާގެ އަންހެނުން ޝާލިނީ ތަލްވާރުގެ ކައިވެނި ރޫޅިއްޖެ އެވެ.
ދެ އަހަރު ދުވަހު ކޯޓުގައި މައްސަލަ ދިގުލައިގެން ދިއުމަށްފަހު އެންމެފަހުން އެ ދެމީހުންގެ ވަރި ގަބޫލު ކޮށްދިނީ ދިއްލީގެ ފެމިލީ ކޯޓުން މިދިޔަ އަންގާރަ ދުވަހު އެވެ.
ހަބަރުތައް ބުނާ ގޮތުގައި ވަރީގެ އެއްބަސްވުމުގެ ދަށުން ހަނީ ސިންހް އޭނާގެ ކުރީގެ އަންހެނުންނަށް އެއް ކްރޯޑް ރުޕީސް ދީފައިވެ އެވެ.
އެ ދެމީހުންގެ މެދުގައި މައްސަލަތައް އުޅޭކަން މީޑިއާއަށް އެންމެ ފުރަތަމަ ތިލަވެފައިވަނީ 2021 ވަނަ އަހަރު ޝާލިނީ ހަނީ ސިންހްއަށް ގެވެށި އަނިޔާގެ ތުހުމަތު ކުރަމުންނެވެ.
ޝާލިނީ ބުނެފައިވަނީ އޭނާ ދިރިއުޅެމުން އައީ ހަނީ ސިންހްއާއި އޭނާގެ އާއިލާގެ ފަރާތުން ކުރިމަތިވި ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާއެކު ކަމަށެވެ.
ރައްދުގައި ހަނީ ސިންހް ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ބަޔާނެއްގައި އެ ތުހުމަތުތައް ދޮގުކޮށްފައިވާއިރު އެއީ އޭނާގެ އަބުރު ކަތިލާ ފަދަ ތުހުމަތުތަކެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ހަނީއާއި ޝާލިނީ ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރު ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ ކައިވެންޏަށް ދަރިއަކު ލިބިފައެއް ނުވެ އެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި