ބޮލީވުޑްގެ އެކްޓްރެސް ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ހަނދާންތައް އާކޮށް އޭނާގެ އެޗުއްޓީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފި އެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ އެންމެ "ކޫލް" ދަތުރަކީ މައިދައިތައާއި ފިރިމީހާގެ އާއިލާ މެމްބަރުންނާއެކު ކުރި ދަތުރު ކަމަށެވެ.

އެ ޕޯސްޓުގައި ޕަރިނީތީއާއި އޭނާގެ މައިދައިތަގެ އިތުރުންވެސް ފަހަރިއާއި އެހެން އާއިލާ މެމްބަރުން ފެނެ އެވެ. އެއީ މިދިޔަ މަހު ރާއްޖޭގައި އޭނާ ހޭދަކުރި ޗުއްޓީގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.

https://www.instagram.com/p/CzawERpIhS1/?utm_source=ig_embed&ig_rid=8152ce97-45fe-4188-99bf-60caae9bc138&img_index=4

ވޯލްޑޯފް އެސްޓޯރިއާގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދުވަސްވަރު ވެސް ޕަރިނީތީ ވަނީ އޭނާގެ ތަޖުރިބާގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އިންޑިއާގެ އާއްމު އާދްމީ ޕާޓީގެ މެމްބަރު ރާގަވް ޗައްދާއާ މިދިޔަ މަހު ކައިވެނި ކުރުމަށްފަހު ފިރިމީހާއާއެކު ހަނީމޫނަށް ދިއުމުގެ ބަދަލުގައި ޕަރިނީތީ ރާއްޖެ އައިސްފައިވަނީ އާއިލާގެ އަންހެނުންނާ އެކުގަ އެވެ.