އަމިއްލަ ފަރުދުންނަށާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯއްދެވުމަށް އީފާސް މެދުވެރިކޮށް ހުށަހެޅޭ ގޮތް އެމްއެމްއޭ އިން ހަދައިފި އެވެ.
އެމްއެމްއޭ އިން ބުނީ މިއަދުން ފެށިގެން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހެޅޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހެޅޭނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށެވެ.
"ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމެވެ." އެމްއެމްއޭ އިން ބުނެފައިވެ އެވެ
މިގޮތަށް ހަމަޖެހުމާ ގުޅިގެން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި މަސައްކަތު ތިން ދުވަހުގެ ތެރޭގައި ކްރެޑިޓް ރިޕޯޓު ދޫކުރާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ކާތިކްއަކީ އެކަނިވެރިއެއް ކަމަށް އޭނާ ބުނީ ކީއްވެ؟
ނަމަނަމަ މި ފިލްމުތައް އެކަނި ނުބަލާތި!
"ހަނގުރާމަ ކުރިއަށް ދަނީ ރޭވި ގޮތަށް ވުރެ ވެސް މާ ފުރިހަމައަށް"