ދާހިއްލުމަކީ އާންމު ކަމެއް ނަމަވެސް ސަބަބަކާނުލާ މާ ގިނައިން ދާހިތްލާނަމަ، އެއީ ކީއްވެގެން ވާ ކަމެއްތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މި ބަލާލަނީ މާ ގިނައިން ދާހިއްލަން މެދުވެރިވާ ބައެއް ސަބަބުތަކަށެވެ.

ފެން މަދުވުން

ފެނަކީ ހަށިގަނޑު ތާޒާކޮށް ބެހެއްޓުމަށް ބޭނުންވާ ބުއިމަކަށްވާއިރު ބޯންޖެހޭ ވަރަށް ފެން ނުބޮވޭ ނަމަ ކޮންމެ ދުވަހަކު ހަށިގަނޑުން ބޭރުވާން ޖެހޭ ބައި ބޭރުނުވެ އިތުރު ސިއްހީ މައްސަލަތަކަށް މަގުފަހިވެ އެވެ. ކޮންމެ ދުވަހަކު މަދުވެގެން 8 ތަށި ފެން ބުއިމަށް ސިއްހީ މާހިރުން ބުނެ އެވެ.

ހޫނުފެނުން ފެންނުވެރުން

ހަށިގަނޑުގެ ހޫނުމިނަށްވުރެ މަތިން ފެންވެރުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް ނަމަވެސް އެއީ ދާހިތްލުމަށް މަގުފަހިވާ ކަމެކެވެ. އޭގެ ބަދަލުގައި ފިނިފެނުން ފެންވަރާށެވެ. އަދި އެންޓި ބެކްޓީރިއަލް ސައިބޯންޏެއް ބޭނުންކުރާށެވެ. އެކަމުން ދަލާއެކު ގައިން ދުވާ ނުބައިވަސް ވެސް ކުޑަ ކޮށްދޭނެއެވެ.

ކެފެއިން ގިނަވުން

ކޮފީތަކަށް އެރުމަކީ ރާއްޖޭގައި އާންމު ކަމެކެވެ. އެގޮތުން ދުވާލަކު ދެތިން ފަހަރަށް ކޮފީއަށް ރައްޓެހިންއެކީ މޭޒެއް މައްޗަށް ނާރާބައެއް މަދުވާނެ އެވެ. ކެފެއިންގެ ސަބަބުން އެންޒައެޓީ އަށް މަގުފަހިވާތީ، ހަށިގަނޑުން ގިނައިން ދާހިއްލަން މެދުވެރިވެ އެވެ.