ކަރަން ޖޯހަރުގެ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތު ކަރަން"ގެ ކުރިއަށް އޮތް އެޕިސޯޑުގެ މެހެމާނުން ފެންނަ ޓްރެއިލާއެއް އާއްމުކޮށްފި އެވެ.

މިފަހަރުގެ މެހެމާނުންގެ ގޮނޑިން ފެންނަނީ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރު ޚާންއާއި އާލިއާ ބަޓް އެވެ. އާލިއާއަކީ ކަރީނާގެ ދެބެންގެ ދެދަރި ކޮއްކޮ ރަންބީރު ކަޕޫރުގެ އަންހެނުންނެވެ.

ޝޯގެ ތެރެއިން އާލިއާ ވަނީ ކަރަންގެ އެ ޝޯއަކީ ވަރަށް މައްސަލަބޮޑު ޝޯއެއް ކަމަށާއި ދޭދޭ ގުޅުންތަަކަށް ނޭދެވޭ އަސަރު ކުރުވާ ޝޯއެއް ކަމަށް ބުނެފަ އެވެ.

އެއާއެކު ކަރަން ވަނީ މިފަހުން އެޅުވި ފިލްމު "ގަދަރް 2"ގެ ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޕާޓީއަށް ކަރީނާ ނުދިޔައީ އެ ފިލްމުގެ ލީޑު އަމީޝާ ޕަޓޭލްއާއެކު ޖެހުނު މައްސަލައިގެ ސަބަބުންތޯ ކަރީނާއަށް ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި ކަރީނާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާ އެ ސުވާލަށް ފުރަގަސްދެނީ ކަމަށް ކަރީނާ ބުނާ މަންޒަރުވެސް ޓްރެއިލާއިން ފެނެ އެވެ.

2000 ވަނަ އަހަރު ނުކުތް "ކަހޯނާ ޕްޔާރުހޭ"ގައި ރިތިކްއާއެކު އެންމެ ފުރަތަމަ ހަމަޖެހުނީ ކަރީނާ އެވެ. އެހެން ނަމަވެސް ދިމާވި ސަބަބުތަކަކާހެދި ކަރީނާގެ ރޯލު އަމީޝާއަށް ދިން ހިސާބުން އެ ދެތަރިންގެ ގުޅުން ގޯސްވި އެވެ.