ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު މިއަދި އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް ދެ ފަހަރަށް ހުށަހަޅައިގެން އެމްޑީޕީން ދަނީ މަޖިލީހުގެ ބާރުތައް ހަނިވެގެންދާނެ ފަދަ އަމަލުތައް ހިންގަމުން ކަމަށާއި މަޖިލީހުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިގެން މަޖިލީސް މެމްބަރުންނަށް ލިބިގެންވާ ބާރެއް ވެސް ހަނިކޮށްފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާއި، އެ މައްސަލައާ ހެދި އެމަނިކުފާނުގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު ވިސްނާވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ އަގުލަބިއްޔަތު އޮތް ޕާޓީކަމުގައިވާ އެމްޑީޕީން، އެމަނިކުފާނުގެ ނަޒަރުގައި، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
އެމްޑީޕީން ދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުން ކަމަށާއި މަޖިލީހުގެ ހިންގާ ޤަވައިދަކީ މަޖިލީހުގެ މެންބަރުން އެކުލަވާލާ ގަވައިދެއް ކަމަށް ސިޓީގައި ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދާ ގުޅޭގޮތުން މެޖޯރިޓީ ޕާޓީން އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފައިވާ ކަމަށާއި މަޖިލީހުގެ ކޮމެޓީއަކުން، މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ވެސް ދަންނަވާފައިވާ ކަމަށް ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
"ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައި, ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެންނެވެ. އެއްއ ފަރާތުން އަނެއް ފަރާތަށް އިހުތިރާމް ކުރުމާ އެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެންނެވެ. ސަބަބަކީ ސިޔާސީ މައްސަލަތަކަށް ކޯޓުން ދޭނެ ފަރުވާއެއް ނޯންނާނެތީ އެވެ." ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ އަމަލުތައް މިމަގުން ގެންދާކަމީ ބޮޑު ހިތާމައެއް ކަމަށާއި އެއީ ދިވެހިންނަށް ވެވޭ ބޭއިންސާފެއް ކަމަށް ފެންނަކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަގާމުގައި ދެން އިތުރަށް ހުރެއްޖެނަމަ، އެމްޑީޕީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވާނެތީ މިއަދުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ދެންވެސް މީނާ އަކީ ރައްޔިތުންގެ މަސައްކަތެއް ހަވާލުކުރަން ކަމުނުދާ ބޯހަމަނުޖެހޭ މީހެއްކަން ރައްޔިތުން ގަބޫލުކުރަންވެއްޖެ. މީނާ އެހެންމީހުންނަށް ވުރެ މޮޅަށް ހުރިހާކަމެއް އެނގޭކަން ދައްކަން އުޅެނީ ކޮންތާކުން ދަސްކޮށްގެންކަން ރައްޔިތުން ވިސްނާ ފިކުރުކުރަންވެއްޖެ.
ދެން އެހެން ތިބެފާ އަމިއްލައަށް މިވެރިން އިސްތިއުފާ ދީފާ ދެން ކިޔާނީ ބަޣާވާތެއް ކުރިއްޔޭއެވެ. އެއީ ވެރިކަމުގައިވެސް ހެދިގޮތެވެ. ދުވަހަކުވެސް ދައުރެއް ހަމައެއް ނުކުރާނެއެވެ.