އިންޑިއާގެ މަޝްހޫރު ރެޕާ އަދި ލަވަކިޔުންތެރިޔާ ބާދުޝާ ބަތަލާ މުރްނާލާ ތާކޫރާއާ ޑޭޓްކުރަމުން އަންނަ ކަމަށް ބުނެ މިޑިއާގައި ދެކެވޭ ވާހަކަތަކަށް ބާދުޝާ މަޖާ ގޮތަކަށް ރައްދުދީފި އެވެ.
ބާދުޝާ އާއި މުރްނާލާ ރައްޓެހިވެގެން އުޅޭ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ދިވާލީ ފާހަގަ ކުރުމަށް ބޭއްވި ޕާޓީއަކުން އެކުގައި ފެނިގެންނެވެ. ޕާޓީއަށް ފަހު އެކުގައި ނިކުމެގެން ދިޔަތަން ވެސް ފެނިފައިވެ އެވެ.
މިކަމާ ގުޅިގެން މީޑިއާގައި ދެކެވޭ ވާހަކަތަކަށް ބާދުޝާ މިވަނީ އޭނާގެ އިންސްޓަގްރާމްގައި ޖަވާބު ދީފަ އެވެ.
ބާދުޝާ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ އެފަދަ ކަމެއް ނޫޅޭ ކަމަށެވެ. އަދި އެވާހަކަތަކަކީ ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށްވެސް ބާދުޝާ ބުންޏެވެ.
މުރްނާލާ އަކީ ބޮލީވުޑްގެ އިތުރުން ސައުތު ފިލްމުތައްވެސް ފެނިގެންދާ ބަތަލާ އެކެވެ.
ބާދުޝާ އާއި މުރްނާކް ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ މީޑިއާގައި ރިޕޯޓްކޮށްފައިވާއިރު 2012 ގެ ޕަންޖާބީ ފިލްމު "ޖަޓް އެންޑް ޖޫލިއަޓް" އިން އެކްޓިން އަށް ނުކުތް އީޝާ ރިކީ އާއި ބާދުޝާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ފެތުރިފަ އެވެ.
އުމުރުން 37 އަހަރުގެ ބާދުޝާ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އެކައިވެނި ނިމުމަކަން އައީ 2020 ވަނަ އަހަރު އެވެ. އޭރު އެމީހުންގެ ދަރިޔަކުވެސް ހުރެ އެވެ.