ކޮވިޑް ޖެހިގެން ރާއްޖެއިން 88 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

މިއަދު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދިވެހި ފިރިހެނެކެވެ. މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 51 އަށް އަރާފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސް ވަނީ މި ބަލީގައި 86 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފަ އެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި އެންމެ ފަހުން މީހަކު މަރުވެފައި ވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އެ ދުވަހު މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 86 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، މި ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 1،500 އަށް ވުރެ އިތުރުވެފަ އެވެ. އޭގެ ތެރެއިން 152 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އެބަގެންދެ އެވެ.